އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ހާއްސަ ތަހުގީގެއް ފަށައިފި

ދަޕްރެސް

19 މާރިޗު 2026 | ބުރާސްފަތި | 2:00

ރޭ، މ.ކައިރުގޭގައި ހުންނަ "ޕްރައިމް ގޯޑައުން 1" ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގެ ހާއްސަ ތަހުގީގެއް ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާގެ މައުލޫމާތު ރޭ 21:25 ހާއިރު އެމްއެންޑީއެފްއަށް ރިޕޯޓުކުރުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތްވަނީ ފަށާފައެވެ. މި އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، މޯލްޑިވްސް ޕޮލިސް ސާވިސް އާއި އަދި މާލެ ސިޓީ ކައުންސިލްގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އަދި ރެޑްކްރެސެންޓުން ވަނީ ހަރަކާތްތެރިވެފައެވެ.

އަލިފާނުގެ ހާދިސާ ހިނގިތާ ދޮޅު ގަޑިއެއްހާއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ވަނީ ފަތިހު 05:58 އެހާއިރުއެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ އަލިފާން ރޯވި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާ އާއި ޕެސްޓިސައިޑްސް އާއި ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ތަނެއް ކަމަށެވެ.

މައުޟޫޢުތަށް