އިންތިހާބާ ބެހޭ މަރުކަޒު ސޯޝަލް ސެންޓަރަށް ބަދަލުކޮށް، ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފި
ދަޕްރެސް
19 މާރިޗު 2026 | ބުރާސްފަތި | 1:57
ރޭ އިއްޒުދީން މަގުގައި ހުރި ގުދަނެއްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އާ ގުޅިގެން އިންތިހާބާއި ބެހޭ މަރުކަޒު، ސޯޝަލް ސެންޓަރަށް ބަދަލުކޮށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީގައި ސޮއިކުރަން ފަށައިފިއެވެ.
އިންތިހާބާ ބެހޭ މަރުކަޒު ހިންގަމުން ދިޔަ ކުރީގެ ޑްރަގް ކޯޓު އިމާރާތާ އިންވެގެން ހުރި ގުދަނެއްގައި ރޯވުމާއި ގުޅިގެން އަލިފާނުގެ އަސަރު އެއިމާރާތަށް ކުރުމާ ގުޅިގެން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް ރޭ ވަނީ މެދުކަނޑާލާފައެވެ.
އެތަނުގައި ހުރި ލިޔެކިޔުންތައް އިލެކްޝަންސް ކޮމިޝަނުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފައިވާ އިރު އީސީން ބުނީ އިންތިހާބާ ގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި މިހާރުވެސް ރާވާފައިވާ ގޮތަށް އިންތިހާބުގެ ހުރިހާ ކަމެއް ކުރިއަށް ދާނެ ކަަމަށް އީސީން ވަނީ ބުނެފައެވެ.