ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ސުންގަޑި ހޮނިހިރު ދުވަހުގެ 11:00 އަށް
ދަޕްރެސް
19 މާރިޗު 2026 | ބުރާސްފަތި | 9:49
ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުމުގެ ވަގުތު އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 11:00އަށް އިތުރުކޮށްފިއެވެ.
މި ލިސްޓުގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއި ކުރުމަށް ވަގުތު އިތުރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި އިންތިހާބާ ބެހޭ މަރުކަޒު ޖެހިގެން ހުރިގުދަނެއްގައި ހިންގި އަލިފާޏުގެ ހާދިސާއާާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން އެ މަރުކަޒުގެ މަސައްކަތްތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ވަނީ ބަދަލުކޮށްފައެވެ.
އެގޮތުން ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ހެދުނު 10:00 ގައި ވަނީ ފަށާފައެވެ. އީސީ އިން ބުނީ، އަދި ރޭގަ ހިނގާ ދިޔަ ހާދިސާ އާއި ގުޅިގެން ލިސްޓުގައި ސޮއި ކުރުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މާޗް 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 01:00 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ސޮއިކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.