އީދު ދުވަހަކީ އުފާވެރިކަން ފާޅުކޮށް، އަހުވަންތަކަން އާލާކުރަންޖެހޭ ދުވަހެއް: އީދު ހުތުބާ

ދަޕްރެސް

20 މާރިޗު 2026 | ހުކުރު | 7:40

އިސްލާމީ މަތިވެރި އަޅުކަމެއް ކަމުގައިވާ ރަމަޟާން މަހުގެ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށްފަހު، އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ މިންގަނޑުތަކަށް ބޯލެނބުމަށާއި، މުޖުތަމައުގެ އެންމެންގެ މެދުގައި ލޯތްބާއި ކުލުނު އާލާކުރުމަށް ގޮވާލައިފިއެވެ.

މިއަދު އިއްވި ފިތުރު އީދު ހުތުބާގައި ބުނީ، އީދު ދުވަހަކީ ރޯދައިގެ އަޅުކަން އަދާކުރެވުނުކަމަށްޓަކައި މާތް اللهގެ ހަޟުރަތަށް ޝުކުރުވެރިވެ، ދީލަތިވުމުގެ ދުވަހެއް ކަމަށެވެ. އަދި އީދު ދުވަހުގެ މޫނުމަތިން އުފާވެރިކަން ފާޅުކުރުމަށާއި، ލޯތްބާއި އަހުވަންތަކަމުގެ ޝުއޫރުތަކާއެކު ހަދިޔާ ބަދަލުކުރުމަށް ބާރުއަޅާފައިވެއެވެ.

ހަމަ އެހެންމެ އިސްލާމީ އީދުތައް ފެށިގެންދަނީ އިޖުތިމާއީ ބޮޑު ބައްދަލުވުމެއް ކަމުގައިވާ އީދު ނަމާދުންކަން ފާހަގަކޮށް، ހުތުބާގައި ބުނީ މި ނަމާދުގެ ސަބަބުން އެކަކު އަނެކަކާ ބައްދަލުވެ، ސަލާމްކޮށް، ތަހުނިޔާ ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ.

މައުޟޫޢުތަށް