ސައިކަލުން ޖައްސައި ޝިބާއަށް ގަސްދުގައި އަނިޔާ ދިން ކަމަށް ބުނާ ހަބަރުތައް ފުލުހުން ދޮގުކޮށްފި
ދަޕްރެސް
20 މާރިޗު 2026 | ހުކުރު | 7:23
ހުޅުމާލެ އުތުރު ދާއިރާގެ އތމ ކޮމިޓީއަށް އެމްޑީޕީން ވާދަކުރާ ފާތިމަތު ޝިބާ ގައިގާ ގަސްތުގައި ބަޔަކު ސައިކަލުން ޖައްސާ އަނިޔާ ދިން ކަމަށް ބުނެ ފަތުރާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ހުޅުމާލެ ފޭސް 2 ގައި އިއްޔެ ހިނގި އެކްސިޑެންޓަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އަދި ބައެއް ނޫސްތަކުގައި ފަތުރަމުންދަނީ ސައްހަ ނޫން މައުލޫމާތު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގި ސަރަހައްދުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ އިއްޔެ ހަވީރު 5:25 ހާއިރު ދެ ސައިކަލު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓެއް ކަމަށެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ފަދައިން، މިއީ ވަކި މަގުސަދެއް އޮވެގެން ގަސްދުގައި މީހަކަށް ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެއެވެ. އަދި މިއީ އެކްސިޑެންޓްވުމަށްފަހު ފިލައިގެން ދިޔަ ހާދިސާއެއް ނޫން ކަން ފުލުހުން ފާހަގަކުރިއެވެ.