ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯއަށްވުރެއް ގިނަ މަސްތުވާތަކެތި އަތުލައިގެންފި
ދަޕްރެސް
21 މާރިޗު 2026 | ހޮނިހިރު | 8:25
ވައިގެ މަހުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 2 ކިލޯ އަށްވުރެއް ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
އެތަކެތީގެ ބަރުދަނުގައި 2080 ގްރާމް ހުރި ކަމަށާއި، އަދި އެތެރެކުރަން މަސައްކަތްކޮށްފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެތަމްފެޓަމައިންކަމަށް ކަސްޓަމްސް އިން ބުނެއެވެ. އެ ތަކެތީގެ މަގުމަތީ އަގު 4.2 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.