ޑައުން ސިންޑްރޯމް ކުދިންނަށާއި މީހުންނަށް ހެޔޮކޮށް ހިތަން ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
ދަޕްރެސް
21 މާރިޗު 2026 | ހޮނިހިރު | 8:46
ދިވެހި މުޖްތަމައުގައި، ޑައުން ސިންޑްރޯމްގެ ކުދިންނާއި މީހުންނަށް ހެޔޮކޮށް ހިތުމަކީ މުސްލިމަކަށްވީތީ އަދި އިންސާނަކަށްވީތީ އުފުލަންޖެހޭ މަސްއޫލިއްޔަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުން ފެންނާންހުރި އިރުޝާދުތަކާއި އިބްރަތްތެރި ހާދިސާތަކުގައި، މުޖްތަމައުގެ ހާއްސަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ކޮންމެ މީހަކާމެދު އޯގާތެރިކަން އިސްކޮށް އިހްސާންތެރިކަމާއެކު ކަންކަން ކޮށްދިނުމުގެ މުހިންމުކަން ހާމަވާ ކަމަށާއި އެކަމަށް އޮތް ބޮޑު ދަރުމައާއި އަޖުރު ބަޔާން ވެގެންވާކަމުގައި ވިދާޅުވިއެވެ. އަދި މުސްލިމަކަށް ވީތީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ސަދަގާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަހަކާއި އުހްތަކަށްމެ އަޅައިލުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.