މިފްކޯ ތަރައްގީކޮށް ހަރުދަނާ ކުރުމަށް ޗައިނާ މެޝިނަރީ އިންޖީނިއަރިންގް ކޯޕަރޭޝަން އާ އެކު ސޮއިކޮށްފި
ދަޕްރެސް
21 މާރިޗު 2026 | ހޮނިހިރު | 10:06
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ. މިފްކޯ ތަރައްގީކޮށް ހަރުދަނާ ކުރުމަށް ޗައިނާ މެޝިނަރީ އިންޖީނިއަރިންގް ކޯޕަރޭޝަން (ސީއެމްއީސީ) އާ އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
އެގޮތުުން މިއަދު މިނިސްޓްރީއޮފް ފިޝަރީޒްގައި ބޭއްވި ހާއްސަ ރަސްމީޔާތުގައި މިފްކޯއިން ސީއެމްއީސީ އާއެކު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
މިފްކޯއިން ބުނީ ސޮއިކުރެވުނު އެއްބަސްވުންތަކުގެ މަގްސަދަކީ މިފްކޯގެ ކޯލްޑް ސްޓޯރޭޖް އަދި މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ގާބިލްކަން އިތުރުކުރުންކަމަށެވެ.