އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ ބޭސްތަކަށް ލިބުނު ގެއްލުން 800 މިލިއަން ޑޮލަރަށް އަރާކަމަށް ބުނެފި

ދަޕްރެސް

21 މާރިޗު 2026 | ހޮނިހިރު | 9:41

އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަށް އެކުވެރި އަރަބި ގައުމުތަކުގައި ހުންނަ އެމެރިކާގެ ބޭސްތައް ބޭނުން ކުރާތީ ރައްދުގައި އީރާނުން ދެމުން ގެންދާ ހަމަލާތަކުގައި އެތަންތަނަށް ލިބުނު ގެއްލުން 800 މިލިއަން ޑޮލަރަށް އަރާކަމަށް އެނަލިސްޓުން ބުނެފިއެވެ.

ބީބީސީގައި އާންމު ކުރި ރިޕޯޓެއް ބުނާގޮތުން, ސެންޓާ ފޮ ސްޓެރެޓީޖިކް އެންޑް އިންޓްނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އާއި ބީބީސީ ގުޅިގެން ހެދި ދިރާސާއިން ހާމަވީ, ހަނގުރާމަ ފެށިތާ ފުރަތަމަ 2 ހަފްތާގެ ތެރޭގައި އީރާނުން ދިން ހަމަލާތަކުން އެމެރިކާގެ ބޭސްތަކަށް ލިބުނު ގެއްލުން 800 މިލިއަން ޑޮލަރުން މަތިވެފައި ވާ ކަމަށެވެ.

އަދި އެއީ އަންދާޒާއެއް ކަމަށާއި ގެއްލުންތަކުގެ ފުރިހަމަ ތަފްސީލީ މައުލޫމާތު އަދި ނުލިބޭކަމަށް ވެސް ބުނެފައި ވެއެވެ.

މައުޟޫޢުތަށް