ބަންޑުން ޖަހާލި ލޯންޗަކީ ކުރިންވެސް ވ. އަތޮޅުގައި ރޭސް ޖަހަން ގެންގުޅުނު ލޯންޗެއް
ދަޕްރެސް
22 މާރިޗު 2026 | އާދިއްތަ | 11:46
މި މަހު 19 ވަނަ ދުވަހު ވ. ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗަކީ ކުރިންވެސް ވ. އަތޮޅުގައި ރޭސް ޖަހަން ގެންގުޅުނު ލޯންޗެއް ކަމަށް އެ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ.
މިކަމާ ބެހޭގޮތުން ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ، ދަ ޕްރެސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވ. ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗަކީ ކުރިންވެސް ރޭސް ޖަހަން ގެންގުޅުނު ލޯންޗެއް ނަމަވެސް އެއީ ވ. އަތޮޅުގެ އެއްވެސް ރަށަކަށް ނިސްބަތް ވާ ލޯންޗެއް ނޫން ކަމަށެވެ.
އަދި އެ ލޯންޗަކީ އިންޑިއާގެ ރޭމަންޑް ގްރޫޕުގެ ވެރިޔާ ގޯތަމް ސިންހާނިޔާގެ އަމިއްލަ ލޯންޗެއްކަމަށާއި، އެ ލޯންޗަކީ، ރޭމަންޑް ގްރޫޕުގެ ޔޮޓަކާއެކު އެ އަތޮޅަށް އަންނަ ލޯންޗެއް ކަމަށްވެސް ޝުޖާއު ފާހަގަ ކުރެއްވިއެވެ. އަދި މި ދެ އުޅަނދަކީވެސް އަތޮޅުގެ އެއްވެސް ރަށަކާވެސް، އެއްވެސް ބަޔަކާވެސް ގުޅުންހުރި އުޅަނދުތަކެއް ނޫން ކަމަށް ޝުޖާއު ވިދާޅުވިއެވެ.