ފޯޅަވައްސަށް ހަމަލާ ނުދޭ ކަމަށާއި އެކަމުގެ ޒިންމާ ނުނަގާނެކަމަށް އީރާނުން ބުނެފި

ދަޕްރެސް

22 މާރިޗު 2026 | އާދިއްތަ | 1:15

އެމެރިކާ އާއި ޔޫކޭގެ އަސްކަރީ މަރުކަޒު ޑިއެގޯ ގާސިއާ (ފޯޅަވަހި) އަށް މިސައިލް ހަމަލާތައް ދިނުމުގެ ޒިންމާ ނުނަގާ ކަމަށާއި އެ ހަމަލާގެ ފަހަތުގައިވަނީ އިރާން ނޫންކަމަށް އެ ގައުމުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އީރާނާ 4،000 ކިލޯމީޓަރު ދުރުގައިވާ، ޑިއެގޯ ގާސިއާއަށް ދެ މިސައިލެއް ފޮނުވާލި ކަމަށް ވޯލް ސްޓްރީޓް ޖާނަލް އާއި ބައިނަލްއަގުވާމީ ގިނަ މީޑިއާތަކާއި އީރާންގެ ބައެއް ނިއުސް އެޖެންސީތަކުން ބުނެފައި ވިޔަސް އެއީ ދޮގެއް ކަމަށް އަލް ޖަޒީރާއަށް މައުލޫމާތު ދެމުން އީރާންގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުން އީރާނުން ފޮނުވާލި ދެ މިސައިލްގެ ތެރެއިން އެއް މިސައިލް ވައިގެ ތެރޭގައި ފެއިލްވީއެވެ. އަދި އަނެއް މިސައިލް ވައްޓާލަން އެމެރިކާގެ ދިފާއީ ނިޒާމުން ހަމަލާ ދިންކަމަށް ބުނެފައިވާއިރު މި ހަމަލާ ދިނީ ކޮން ދުވަހަކު ކަމެއް ބުނެފައެއް ނުވެއެވެ.

މައުޟޫޢުތަށް