ހޮރްމޫޒް ކަނޑުއޮޅި ނުހުޅުވައިފިނަމަ، އީރާނުގެ ޕަވާ ޕްލާންޓްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

ދަޕްރެސް

22 މާރިޗު 2026 | އާދިއްތަ | 1:00

ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅިގައި ދަތުރުކުރުމުގެ މިނިވަންކަން ފުރިހަމައަށް ނުލިބިއްޖެނަމަ އީރާނުގެ ޕަވާ ޕްލާންޓްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.

ޓްރަމްޕް ނެރުނު ބަޔާނުގައި ބުނީ 48 ގަޑިއިރުގެ ތެރޭގައި އީރާނުން ހޯރްމޫޒް ކަނޑުއޮޅި ނުހުޅުވިފައިވިނަމަ އެމެރިކާއިން އެމީހުންގެ އެކި ޕަވާ ޕްލާންޓްތަކަށް ހަމަލާދީ ނައްތާލާނެކަމަށެވެ. އަދި މި ހަމަލާތައް ފަށާނީ އިރާންގެ އެންމެ ބޮޑު ޕަވާ ޕްލާންޓުންކަމަށް ޓްރަމްޕް ބުނެފައިވީ ނަމަވެސް އެއީ ކޮން ޕަވާ ޕަލްނާޓެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ޓްރަމްޕްގެ އިންޒާރަށް ފަހު އީރާނުގެ ސިފައިން ބުނީ އީރާނުގެ ތެލާއި ހަކަތަ އިންފްރާސްޓްރަކްޗާއަށް ހަމަލާދީފިނަމަ އެ ސަރަހައްދުގައިވާ އެމެރިކާއަށް ނިސްބަތްވާ ހުރިހާ ހަކަތަ އިންފްރާސްޓްރަކްޗާއެއް ހަލާކުކޮށް ސުންނާފަތިކޮށްލާނެކަމަށެވެ.

މައުޟޫޢުތަށް