ޓެކްސީލައިނަށް ޑްރައިވަރުން ހޯދަން މާދަމާ ވޯކްއިން އިންޓަވިއުއެއް ބާއްވަނީ

ދަޕްރެސް

22 މާރިޗު 2026 | އާދިއްތަ | 12:26

ސަރުކާރުން ތައާރަފްކުރާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން އަނެއްކާވެސް ވޯކިން އިންޓަވިއު އެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

އެމްޓީސީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އިންޓަވިއު ކުރިއަށް ދާނީ މާދާމ ހެނދުނު 10 އިން ހަވީރު 4 ޖަހަންދެން ކަމަށެވެ. އިންޓަވިއު އޮންނާނީ މާފަންނު ބަސް ޓާމިނަލުގައެވެ.

މި އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައިވެސް އެމްޓީސީސީން ވަނީ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުން ހޯދުމަށް ވޯކިން އިންޓަވިއުއެއް ބާއްވާފައެވެ.

މައުޟޫޢުތަށް