ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
ދަޕްރެސް
22 މާރިޗު 2026 | އާދިއްތަ | 3:53
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގެންފައިވަނީ 5370 ގްރާމްގެ ކެނަބިސް ފަތާއި، 6590 ގްރާމްގެ ހަޝިޝް އޮއިލް ކަމަށެވެ. ކެނަބިސް ފަތުގެ މަގުމަތީ އަގު 4,296,000 ދިވެހި ރުފިޔާއަށް އަރާއިރު ހަޝިޝް އޮއިލްގެ މަގުމަތީ އަގު 5،272،000 ދިވެހި ރުފިޔާއަށް އަރާކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.