ކުރިއަށް އޮތް ތަނުގައިވެސް ތެލުގެ އަގު ބޮޑު ކުރުމުގެ ވިސްނުމެއް ނެތްކަމަށް ސަރުކާރުން ހާމަކޮށްފި
ދަޕްރެސް
22 މާރިޗު 2026 | އާދިއްތަ | 4:49
ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު އުފުލުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވިދާޅުވީ، ދުނިޔޭގެ ތެލުގެ އަގު ވަރަށް ބޮޑުތަނުން ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ގަންނަ ތެލުގެ ފީފާއެއްގެ އަގު 160 ޑޮލަރާ ހަމައަށް އަރާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ. ނަމަވެސް، ރާއްޖޭގައި ތެލުގެ އަގުބޮޑުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޒަމީރު ވިދާޅުވިއެވެ.
އެކަށީގެންވާ މިންވަރަށް ތެލުގެ ސްޓޮކު އެބަހުރި ކަމަށާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދެ ޓޭންކަރަކުން ރާއްޖެއަށް ތެޔޮ ގެނެސްފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި އެކަށީގެންވާ ވަރަށް ތެލުގެ ސްޓޮކް ރާއްޖޭގައި އެބަ ހުރިކަން ފާހަގަކޮށް މިނިސްޓަރު ވަނީ ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު އަނެއްކާވެސް އިތުރަށް ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.