ދުނިޔޭގެ ވަރުގަދަ އެއާލައިން ހަބެއްގެ ގޮތުގައި ރާއްޖޭގެ އެއާޕޯޓެއް ހަދަން މަސައްކަތް ކުރަނީ

ދަޕްރެސް

22 މާރިޗު 2026 | އާދިއްތަ | 6:55

ރާއްޖޭގެ ކޮންމެވެސް އެއް އެއާޕޯޓެއް، ދުނިޔޭގެ ވަރުގަދަ އެއާލައިން އޮޕަރޭޓަރެއްގެ ދެވަނަ ހަބެއްގެ ގޮތުގައި ހެދުމުގެ ވިސްނުން ގެންގުޅެމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރަން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން މިއަދު ހަވީރު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މުސްތަގްބަލުގައި ވަރުގަދަ އެއާލައިން އޮޕަރޭޓަރެއްގެ ހަބެއްގެ ގޮތުގައި، ރާއްޖޭގެ އެއާޕޯޓެއް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި އަމީން ވިދާޅުވީ ހަނގުރާމަ ފަދަ ކަންކަމުގައި އެންމެ ބޮޑަށް އަސަރު ކުރަނީ، ފަސް ތަރީގެ އެއާލައިންތަކަށާއި މެދުއިރުމަތީގެ އެއާލައިންތަކުން ކުރަމުންދާ ދަތުރުތަކަށެވެ. އެހެންކަމުން އޭގެ ނޭދެވޭ އަސަރު ކުޑަ ކުރުމަށް މިއީ މުހިންމު މަސައްކަތެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މައުޟޫޢުތަށް