ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ކަނޑުވި އެކަކު ފެނުނުކަމަށް ފަތުރާ ހަބަރަކީ ދޮގު ހަބަރެއް: އެމްއެންޑީއެފް
ދަޕްރެސް
22 މާރިޗު 2026 | އާދިއްތަ | 9:34
މި މަހު 19 ވަނަ ދުވަހު ވ. ފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ކަނޑުވި އެކަކު ފެނުނުކަމަށް ފަތުރާ ހަބަރަކީ ދޮގު ހަބަރެއްކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން މިހެން ބުނެފައިވަނީ ބަންޑުން ޖަހާލި ލޯންޗުން ކަނޑުވެގެން ހޯދަމުންދާ އިންޑިއާގެ ރޭސް ކާރު ޑްރައިވަރު ހަރީ ސިންގް މަރުވެފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.
އެގޮތުން ކަނޑުވި ހަރީ ސިންގުގެ ފުރާނަ ނެތް ހަށިގަނޑު ވަނީ މުރަކަތުތެރޭ ތާށިވެފައިވާކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓު ކުރި ނަމަވެސް މިހާރު އެނޫހުން ވަނީ އެހަބަރު ނަގާފައެވެ.