ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންކުރުމަށް ހާއްސަ ނަންބަރެއް ތައާރަފުކޮށްފި
ދަޕްރެސް
23 މާރިޗު 2026 | ހޯމަ | 1:31
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންކުރުމަށް ހާއްސަ ނަންބަރެއް އެމްޓީސީސީން މިއަދު ތާއަރަފުކޮށްފިއެވެ.
އެމްޓީސީސީން ސަރުކާރުގެ ޓެކްސީ ލައިނަށް ގުޅުމަށް ތައާރަފުކޮށްފައިވާ ނަންބަރަކީ 1655 އެވެ. މީގެ އިތުރުން އެމްޓިސީސީން މިއަދު ވަނީ ސަރުކާރުގެ ޓެކްސީ ލައިންގެ ނަމާއި ނަމްބަރު ދައްކާލާފައެވެ. އެ ގޮތުން ސަރުކާރުގެ ޓެކްސީ ލައިން ދީފައިވާ ނަމަކީ މާލޭ ޓެކްސީއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޓެކްސީ ލައިނުގެ ހިދުމަތް ފަށާނެ ކަމަށް މީގެ ކުރިން ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ނަމަވެސް އެ ތާރީހުގައި ހިދުމަތް ފެށިފައެއް ނުވެއެވެ. އަދި ފަހުން މި ހިދުމަތް ފިތުރު އީދު ދުވަހު ފަށާނެކަމަށް އިއުލާންކޮށްފައިވީ ނަމަވެސް އަދި މި ހިދުމަތް ފެށިފައެއް ނުވެއެވެ.