މަޖިލީހުގެ ވަކި ޕަސެންޓެއް 30 އަހަރުން ދަށުގެ ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރަނީ
ދަޕްރެސް
23 މާރިޗު 2026 | ހޯމަ | 1:42
ރައްޔިތުންގެ މަޖިލީހުގެ ވަކި ޕަސެންޓެއް 30 އަހަރުން ދަށުގެ ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދައުލަތުގެ އެކި ކަންކަމަށް ގެންނަ އިސްލާހުތައް ބަރޯސާވާނީ ހިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުން ނިންމާ ގޮތެއް މައްޗަށް ކަމަށެވެ.
އެގޮތުން އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ހިޔާލު ހޯދުމުގެ ވޯޓަށް ފަހު، ދައުލަތުގެ އެކި ކަންކަމަށް އިސްލާހު ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.