ގޭހުގެ އާ ޝިޕްމެންޓު ލިބިއްޖެ، މިހާރު 10ކިލޯގެ ގޭސް ފުޅި ލިބޭނެ: އެސްޓީއޯ
ދަޕްރެސް
23 މާރިޗު 2026 | ހޯމަ | 5:18
ގޭހުގެ އާ ޝިޕްމެންޓު ލިބިއްޖެކަމަށާއި، މިހާރު 10 ކިލޯގެ ގޭސް ފުޅި ލިބޭނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން ބުނީ ގޭހުގެ އާ ޝިޕްމަންޓް ލިބި ދިމާވި ގޭހުގެ ދަތިކަން ހައްލުކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި މޯލްޑިވްސް ގޭސް އިން ލިބޭނެކަމަށެވެ.
މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލި، ސަޕްލައި ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވުމާއި ގުޅިގެން މި މަހު ކުރީކޮޅުން ފެށިގެން 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ވިއްކަމުން އައީ 5 ކިލޯ ގޭސްފުޅިއެވެ.