ބިންވެރިޔާ ހާއްސަ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުން އަންނަ މަހަށް ލަސްކޮށްފި
ދަޕްރެސް
23 މާރިޗު 2026 | ހޯމަ | 5:26
ބިންވެރިޔާ ހާއްސަ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުން އަންނަ މަހަށް ލަސްކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބިންވެރިޔާ ހާއްސަ ސްކީމަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީހު 01 އެޕްރީލް 2026 ވަނަ ދުވަހުގެ 11:00 އަށް ލަސްކުރެވިފައިވާ ކަމަށެވެ.
މި ސްކީމަށް ފޯމު ހުށަހެޅުމަށް ކުރިން ހުޅުވާލާފައިވަނީ މާދަމާއިން ފެށިގެންނެވެ. މީގެއިތުރުން "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ދަށުން ފުލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީހުވެސް ލަސްކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.