އުމުރުން 16 އަހަރުން ފެށިގެން އެހީއަށް ގޮވާލާ ކޮންމެ ފަހަރަކު އަލްޔާން ނުކުންނަނީ ސާބިތުކަމާއެކު

ދަޕްރެސް

24 މާރިޗު 2026 | އަންގާރަ | 9:00

ޒުވާނުންނަކީ މުޖްތަމައުގައި އިސް ރޯލެއް އަދާ ކުރާ ބަޔަކަށްވާއިރު އެ ބައެއްގެ ފަރާތުން އެންމެންވެސް ފޮނި އުންމީދުތަކެއް ދެކެއެވެ. ނަމަވެސް މަދު ޒުވާނުންގެ ފަރާތުން ނޭދެވޭ ކަންކަން ފެނުނު ނަމަވެސް ގިނަ ޒުވާނުންނަކީ މަސައްކަތްތެރި، ހިދުމަތްތެރި އަދި ފާހަގަކޮށްލެވޭ ބައެކެވެ.

އެގޮތުން މިއަދުގެ ލިޔުމުގައި ވެސް މި ގެނެސްދެނީ އެފަދަ ޒުވާން ހިދުމަތްތެރިޔެއް ކަމަށްވާ އަބްދުﷲ އަލްޔާންގެ ވާހަކައަށެވެ. އެމްޕީއެލްގައި ވަޒީފާ އަދާ ކުރަމުން ހިލޭ ސާބަހަށް ރެޑްކްރެސެންޓުގައި އަލްޔަން މަސައްކަތް ކުރަނީ އެކަމަށް އޮތް ލޯތްބެއްގެ ބޮޑު ކަމުންނެވެ. އުމުރުން 16 އަހަރުން ފެށިގެން މި ހިދުމަތުގައި އޭނާ މަސައްކަތްކޮށްދެނީ އެހެން ބަޔަކަށް އެހީތެރިވުމުގެ ނިޔަތުގައެވެ.

އެހާ ޅައުމުރުގައި އަލްޔާން މި ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ 2016 ވަނަ އަހަރު 11 އިންފްލުއެންޒާ ބަލީގައި އާންމުނަށް އެހީތެރިވާން ނިކުތް ދުވަސްވަރު ލިބުނު ތަޖުރިބާތަކަށް ފަހުއެވެ. ރެޑް ކްރެސެންޓާ ގުޅުނު ފުރަތަމަ ދުވަސްވަރު އާންމުންނަށް އެހީވުމަށް ހުރިހާ މަސައްކަތްތަކެއް ކޮށްދިންނަމަވެސް އަލްޔާން މިހާރު މަސައްކަތް ކުރަނީ ރެޑް ކްރެސެންޓްގެ މެންބަރުންނަށް ފަސްޓް އެއިޑް ޓްރެއިނިންގް ދިނުމުގައި ކަމަށް އޭނާ ކިޔާދިނެވެ. އަދި ކުއްލި ހާލަތެއް އިއުލާންކޮށްފި ނަމަ އެފަދަ މަސައްކަތްތައް ކުރުމުގައި ވެސް އަލްޔާންގެ ހިއްސާ އަދިވެސް އޮވެއެވެ.

މައުޟޫޢުތަށް