އެމެރިކާގެ ހާއްސަ މަންދޫބު މިނިސްޓަރު ހަލީލާއި ޣައްސާނާ ބައްދަލުކުރެއްވުމަށްފަހު ފުރާވަޑައިގެންފި

ދަޕްރެސް

23 މާރިޗު 2026 | ހޯމަ | 9:42

އެމެރިކާއިން ދެކުނު އޭޝިއާ އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު، އެމްބެސެޑާ ސާޖިއޯ ގޯ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އަދި ޑިފެންސް މިނިސްޓަރު ޣައްސާންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އަދި މިބައްދަލުވުންތައް ނިންމަވާލެއްވުމަށްފަހު އިއްޔެ ރާއްޖެ ވަޑައިގެންނެވި ސާޖިއޯ މިހާރު ވަނީ ފުރާވަޑައިގެންފައެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ އަދި ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ. މިއީ ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ހާރިޖީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

މައުޟޫޢުތަށް