ސާފް އަންޑަ20: ފަހަތުން އަރާ ސްރީލަންކާ ހަނިގޮތަކަށް ރާއްޖެ ބަލިކޮށްފި

ދަޕްރެސް

24 މާރިޗު 2026 | އަންގާރަ | 9:37

އިއްޔެ ރާއްޖޭގައި ފެށި ސާފް ވިހިއަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ޓީމު ކުޅުނު ފުރަތަމަ މެޗުން ހަނިގޮތަކަށް ބަލިވެއްޖެއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގައި ރާއްޖެ ވާދަކުރީ ސްރީލަންކާއާއެވެ. އަދި އެމެޗުން ރާއްޖޭގެ ޓީމު ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި މޮޅު ކުޅުމެއް ދައްކާ ރާއްޖެ ޓީމުން ދެ ގޯލުގެ ލީޑެއް ވެސް ނެގިއެވެ. މިގޮތުން، މުބާރާތުގައި ރާއްޖެއިން ޖެހި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން އިލާން އިމްރާނެވެ. މެޗުގެ 28 ވަނަ މިނެޓްގައި ޖެހި މި ލަނޑަށް ފަހު ރާއްޖޭގެ ލީޑު 2-0 އަށް ފުޅާކޮށް ދިނީ ވެސް ކެޕްޓަން އިލާނެވެ. އެއީ މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖެހި ލަނޑާއެކުއެވެ.

މުބާރާތުގެ އެއް ފޭވަރިޓުންގެ ގޮތުގައި ނިކުތް ރާއްޖޭގެ ޓީމުގެ ކުޅުން ދެވަނަ ހާފްގައި ދަށްވިއެވެ. އަދި ސްރީލަންކާއިން ކުޅުން ވަރުގަދަކޮށް ހަމަލާތައް ވެސް އިތުރުކުރިއެވެ. ނަތީޖާއަކަށްވީ ފުލުފުލުގައި ޖެހި ތިން ލަނޑާއެކު ސްރީލަންކާ އެޓީމުގެ ކޮޅަށް ނަތީޖާ އަނބުރާލުމެވެ. ދެން މެޗުގައި އިތުރު ލަނޑެއް ޖަހާފައި ނުވާ އިރު މެޗު ނިމުނީ 3-2 އިން ރާއްޖެ ބަލިވެގެންނެވެ.

މައުޟޫޢުތަށް