ޖުމްލަ 19 އަތޮޅެއްގައި ގާއިމު ކުރާ ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 456 މުވައްޒަފަކު ނަގަނީ

ދަޕްރެސް

24 މާރިޗު 2026 | އަންގާރަ | 3:39

ސަރުކާރުން ޖުމްލަ 19 އަތޮޅެއްގައި ގާއިމު ކުރާ ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 456 މުވައްޒަފަކު ނަގަން ނިންމާފައިވާކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓާ މިހެން ވިދާޅުވެފައިވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

އެގޮތުން މިނިސްޓާ ވިދާޅުވީ ޖުމްލަ 19 އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓްތައް އަލަށް ގާއިމްކުރަން ނިންމާފަވާކަމަށެވެ. އަދި 19 ރީޖަނަލް ޔުނިޓަށާއި 4 މޮބައިލް ޔުނިޓަށް ބޭނުންވާ މެޝިނަރީޒާއި، އިކުއިޕްމަންޓް ހޯދުމަށް 9،130،173.36 ޑޮލަރު (ނުވަ މިލިޔަން އެއްލައްކަ ތިރީސްހާސް އެއްސަތޭކަ ހަތްދިހަ ތިންޑޮލަރު ތިރީސް ހަ ސެންޓް) ހަރަދުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މައުޟޫޢުތަށް