މެދުކެނޑުމެއްނެތި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ކަށަވަރުކޮށްދިނުމަށް ބޮޑެތި އިންވެސްޓްމެންޓުތަކެއް ކޮށްފި

ދަޕްރެސް

24 މާރިޗު 2026 | އަންގާރަ | 5:06

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މެދުކެނޑުމެއްނެތި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން ބޮޑެތި އިންވެސްޓްމެންޓުތަކެއް ކޮށްފައިވާކަމަށް މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ވިދާޅުވީ ހަކަތައިގެ ސިޔާސަތުތަކާއި، އިސްތިރާޖީތައް ހާސިލުކުރުމަށް އެ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މީގެތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މެދުކެނޑުމެއްނެތި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އިންވެސްޓްމެންޓުތަކެއް ކޮށްފައިވާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މި މަސައްކަތުގެ ތެރެއިން ރަށްރަށަށް ބޭނުންވާ ޖަނަރޭޓަރު ގެނައުމާ، އިޔާދަ ކުރުވަނިވި ހަކަތަ އިތުރުކުރުމާ، ނެޓްވޯކް ސިސްޓަމް ރަނގަޅުކުރުމާއި، އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރުމަށް ބޭނުންވާ ބެޓެރީ ސްޓޯރޭޖް އިތުރުކުރުމާއި، އަދި މިދާއިރާގައި މަސައްކަތް ކުރާ މީހުން ތަމްރީނު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މައުޟޫޢުތަށް