ގައުމެއްގެ ކަނޑާއި ވައިގެ ސަރަހައްދު ގާނޫނީ ގޮތުން އޮންނަ ގޮތް ޑިފެންސުން ބަޔާންކޮށްދީފި

ދަޕްރެސް

24 މާރިޗު 2026 | އަންގާރަ | 7:06

ގައުމެއްގެ ކަނޑާއި ވައިގެ ސަރަހައްދު ގާނޫނީ ގޮތުން ކަނޑައެޅިފައި އޮންނަ ގޮތް ޑިފެންސް މިނިސްޓްރީން ބަޔާންކޮށްދީފިއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ޑިފެންސް މިނިސްޓްރީން ބުނީ ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަހައްދުތަކުގައި ލިބިދޭ އާންމު ހައްގުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަގުވާމީ މުއާހަދާއަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޯސް) ކަމަށެވެ.

އަދި ރާއްޖޭގެ ބިމާއި ބިމާ ގުޅިފައިވާ ވައިގެ ސަރަހައްދާއި، ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑުގެ އިތުރުން މި ކަނޑުތަކުގެ އަޑީގައިވާ ފަސްގަނޑާއި މި ކަނޑުތަކާ ގުޅިފައިވާ ވައިގެ ސަރަހައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަންތަން ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް