ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ކާރުތައް ގެންނަން ފަށައިފި، ހިދުމަތް އަންނަ މަހު ފަށަނީ

ދަޕްރެސް

24 މާރިޗު 2026 | އަންގާރަ | 7:16

ސަރުކާރުން ތައާރަފްކުރާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ކާރުތައް ގެންނަން ފަށާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ ކާރުގެ ފުރަތަމަ ޝިޕްމަންޓް މި މަހު 23 ވަނަ ދުވަހު ރާއްޖެ އައިސްފައިވާކަމަށާއި، މި ޝިޕްމެންޓުގައި ޖުމްލަ 60 ކާރު ގެނެސްފައިވާކަމަށެވެ. އެއީ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ ކާރުގެ ދެވަނަ ޝިޕްމަންޓް މި މަހު 29 ވަނަ ދުވަހު އަންނާނެކަމަށެވެ. މި ޝިޕްމަންޓުގައި 90 ކާރު ގެންނާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ހުރިހާ ކާރުތައް ރާއްޖެ އައުމާއެކު ޖުމްލަ 150 ކާރާއިއެކު ފުލް ސްކޭލްގައި ހިދުމަތް ފެށިގެން ދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެގޮތުން މި ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 2 ވަނަ ދުވަހުން ފެށިގެންކަމަށްވެސް ވަނީ ބުނެފައެވެ.

މައުޟޫޢުތަށް