ސާފް އަންޑަ20: ދެލަނޑުން ޕާކިސްތާނު ބަލިކޮށް ބަންގްލަދޭޝް ފެށުން ރަނގަޅުކޮށްފި
ދަޕްރެސް
24 މާރިޗު 2026 | އަންގާރަ | 8:25
މިހާރު ރާއްޖޭގައި ކުރިއަށްދާ ސާފް އަންޑާ 20 ޗެމްޕިއަންޝިޕް 2026ގެ ގްރޫޕް ބީގެ ފުރަތަމަ މެޗު ބަންގްލަދޭޝްއިން ކާމިޔާބުކޮށްފިއެވެ. ބަންގްލަދޭޝްއިން މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ 2-0 އިން ޕާކިސްތާނު ބަލިކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު ދެ ޓީމަށް ވެސް މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ފުރަތަމަ ހާފް ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެން އޮވެެއެވެ.
މެޗުގެ ދެވަނަ ހާފް ފެށުނުތާ މާ ގިނަ އިރެއް ނުވެ ބަންގްލަދޭޝްއިން ލަނޑު ޖަހާ ލީޑު ނެގިއެވެ. މެޗުގެ 54 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އެޓީމުގެ އަރަމުން އަންނަ ތަރި ރޮނަން ސުލިވަންއެވެ.