24 ގަޑިއިރުގެ ތެރޭގައި ރަޝިއާއިން ޔޫކްރައިން އަށް 948 ޑްރޯން ހަމަލާ!
ދަޕްރެސް
25 މާރިޗު 2026 | ބުދަ | 10:37
ރަޝިއާއިން ޔޫކްރައިން އާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން އެއް ދުވަހެއްގައި އެންމެ ގިނަ ޑްރޯން ހަމަލާ ދިން ދުވަހަކީ އިއްޔެއެވެ.
ހަބަރުތައް ބުނާގޮތުން އިއްޔެ ހެނދުނު ދޭން ފެށި ޑްރޯން ހަމަލާގައި ޖުމްލަ 948 ޑްރޯން ވަނީ ބޭނުން ކޮށްފައެވެ. މިއީ ދުވާލުގެ ވަގުތުގައި މިގޮތަށް ހަމަލާދިން ފުރަތަމަ ފަހަރު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޔޫކްރައިން އިން ބުނާގޮތުން މިހަމަލާތަކުގައި އެކި ސަރަހައްދުތަކުން 3 މީހަކު ވަނީ މަރުވެފައެވެ.