ލުބުނާނުގެ އިސްތިގުލާލީ މިނިވަންކަމަށް އިޒްރޭލުން އަރައިނުގަތުމަށް ކެނެޑާއާއި ފްރާންސުން ގޮވާލައިފި
ދަޕްރެސް
25 މާރިޗު 2026 | ބުދަ | 11:12
އިޒްރޭލާއި ލުބުނާނު ގުޅޭ ބޯޑަރުން 30 ކިލޯމީޓަރު އެތެރޭގައި ލުބުނާނުގައި އޮންނަ ލިޓާނީ ރިވާ އާ ހަމައަށް ލުބުނާނު ހިފަން އިޒްރޭލު ސިފައިން މިހާރު އަރާފައި ވާއިރު އެކަން އެގޮތަށް ނުކުރުމަށް ކެނެޑާއާއި ފުރާންސުން އެދިއްޖެއެވެ.
ލުބުނާނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަ ކުރައްވައި ލުބުނާނުގެ ގްލޯބަލް އެފެއާޒް މިނިސްޓަރު ވިދާޅުވީ ހުރިހާ ފަރާތަކުންވެސް އަމަލުކުރަން ވަނީ ބައިނަލްއަގުވާނީ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ. އަދި އާންމުން ރައްކާތެރި ކުރުމާއެކު އުމްރާނީ ވަސީލަތްތަކާއި ސިއްހީ އެހީތެރިންނާއި ސުލްހަ ބެހެލެއްޓުމުގައި ހަރަކާތްތެރިވާ ފަރާތްތައް ރައްކާތެރި ކުރުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.
ފްރާންސުގެ ހާރިޖީ ވަޒީރު ވިދާޅުވީ ލުބުނާނު ހިފަން އިންތިޒާމު ކުރެވިގެން އިޒްރޭލުން ކުރިއަށް ގެންދާ އޮޕަރޭޝަން ހުއްޓާލަން ޖެހޭ ކަމަށާއި އެކަން ހުއްޓާނުލައި ކުރިއަށް ގެންގޮސްފި ނަމަ އާންމުނަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ.