އިޒްރޭލުގެ އުދުވާނުތައް ހުއްޓުވައި، ދުނިޔޭގައި ސުލްހަ ގާއިމުކުރުމަށް ރާއްޖެއިން ގޮވާލައިފި

ދަޕްރެސް

25 މާރިޗު 2026 | ބުދަ | 12:03

އިޒްރޭލުން ހިންގަމުންދާ ހަމަޖެހުން ގެއްލޭ ފަދަ އުދުވާނީ އަމަލުތައް ވަގުތުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށާއި، މުޅި ދުނިޔޭގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ޖެނީވާގައި ކުރިއަށްދާ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 61 ވަނަ ސެޝަން (61) ގެ އެޖެންޑާ އައިޓަމް 8 ގެ ދަށުން ބޭއްވި އާންމު ބަހުސްގައި، ރާއްޖޭގެ ފަރާތުން މި ބަޔާން އިއްވައިދެއްވީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ސަފީރު ޑރ. ސަލްމާ ރަޝީދެވެ.

ސަފީރުގެ ބަޔާނުގައި، އިންސާނީ ހުރިހާ އިންސާނީ ޙައްޤަކީ އެއް ހައްގު އަނެއް ހައްގާ ގުޅިލާމެހިފައިވާ ހައްގުތަކެއްކަން "ވިއެނާ ޑިކްލެރޭޝަނާއި ޕްރޮގްރާމް އޮފް އެކްޝަން" އިން ކަށަވަރުކޮށްދޭކަމަށާއި، މިކަމަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާ ކަމަށް ވިދާޅުވެފައިވެއެވެ.

މައުޟޫޢުތަށް