ހުޅުމާލޭގެ 901 އަކަފޫޓަށް ވުރެ ބޮޑެތި ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި

ދަޕްރެސް

25 މާރިޗު 2026 | ބުދަ | 12:55

ހުޅުމާލޭގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން 901 އަކަފޫޓަށް ވުރެ ބޮޑެތި ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފިއެވެ.

މިކަން ގަވާއިދު އާންމުކޮށްފައިވަނީ ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު އިސްލާހުކޮށް ފިނޭންސް އެންޑް ޕްލޭނިންގް މިނިސްޓްރީންނެވެ.

ފިނޭންސް އެންޑް ޕްލޭނިންގް މިނިސްޓްރީން އަލަށް އާންމުކުރި މި ގަވާއިދުގައިވާ ގޮތުން، ނެއިބަހުޑް 9 ފިޔަވައި ހުޅުމާލޭގެ އެހެން ހުރިހާ ސަރަހައްދެއްގައި ހުރި ބޮޑެތި ގޯތިތަކުގައި 30.5 މީޓަރު ނުވަތަ 10 ފަންގިފިލާއަށް އިމާރާތް ކުރުމުގެ ހުއްދަ މިހާރު ލިބޭނެއެވެ. ނިމިދިޔަ ސަރުކާރުގައިވެސް މި ބަދަލު ގެނައުމަށް މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، އޭރު އެކަން އަމަލީ ގޮތުން ތަންފީޒުކޮށްފައެއް ނުވެއެވެ.

މައުޟޫޢުތަށް