500 މިލިއަން ޑޮލަރުގެ ސުކޫކް އަންނަ މަހު ދެއްކޭނެ ކަމަށް ޒަމީރު ވިދާޅުވެއްޖެ
ދަޕްރެސް
25 މާރިޗު 2026 | ބުދަ | 6:01
މިދިޔަ ސަރުކާރުން ދޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ފައިސާ އަންނަ މަހު ދައްކާ ނިންމޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ދެއްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ތާވަލާ އެއްގޮތަށް ސުކޫކު ދައްކަން އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. މި އަހަރުގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިއުލާންކުރެއްވި ގޮތަށް ބަދަލެއް ނައިސް ސުކޫކު ދެއްކޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
އެގޮތުން ތާވަލުގައިވާ ގޮތަށް އަންނަ މަހުގެ 8 ވަނަ ދުވަހު ސުކޫކު ދެއްކުމަށް ރާވާފައިވާ ކަމަށާއި ފައިސާތައް ދައްކަން ޖެހޭ އެޖެންޓުންނާ ކުރަންޖެހޭ މުއާމަލާތްތައް ކުރަމުން މިހާރު ކުރަމުން އަންނަ ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި ސުކޫކު ދައްކައި ނިމުމުން އެއާ ބެހޭ އިތުރު މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް ވެސް މިނިސްތަރު ވިދާޅުވިއެވެ.