ކ. ހިންމަފުއްޓާއި ތ. ކަނޑޫދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ދަޕްރެސް

25 މާރިޗު 2026 | ބުދަ | 8:06

ކ. ހިންމަފުށި ސިއްހީ މަރުކަޒާއި ތ. ކަނޑޫދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.

ހިންމަފުށީ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 5،767 އަކަފޫޓުގެ ސަރަހައްދެއްގައި ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތް ހަދާނެއެވެ.ޗމި މަޝްރޫއަކީ 11.4 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން ޖެހޭ މަޝްރޫއެކެވެ.

މައުޟޫޢުތަށް