ސާފް އަންޑާ 20: ބޫޓާން އާ ކުޅެ ރާއްޖެއަށް ލިބުނީ ޕޮއިންޓެއް، ނޭޕާލްއަށް ދެވަނަ ބުރު ކަށަވަރުވެއްޖެ

ދަޕްރެސް

25 މާރިޗު 2026 | ބުދަ | 11:40

ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް އަންޑާ 20 މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ދެވަނަ މެޗު އެއްވަރު ވެއްޖެއެވެ. ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މިމެޗުގަައި ރާއްޖޭއިން ވާދަކުރި ބޫޓާންއާއެވެ. މިމެޗު އެއްވަރުވީ ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި 0-0 އިންނެވެ.

މުބާރާތުގައި މި ދެޓީމުން ވެސް ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވި އިރު މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ޑިފެންސިވް ކުޅުމެކެވެ. ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް މާ ގިނަ ހަމަލާތަކެއް ނުއުފެއްދުނު އިރު ރާއްޖެއިން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ ޖެހުނީ ބޫޓާންގެ ގޯލުގެ ދަނޑީގައެވެ. މި ޝޮޓް ފޮނުވާނީ މިމުބާރާތުގައި ދެލަނޑު ޖަހާފައިވާ ކެޕްޓަން އިލާން އިމްރާންއެވެ.

ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނުނު ނަމަވެސް ދެ ޓީމަށް ވެސް އަނެއް ޓީމުގެ ގޯލު ފުއަޅުވާ ނުލެވުނެވެ.

މައުޟޫޢުތަށް