ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބޮޑު ތަރުހީބެއް: 9500 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

ދަޕްރެސް

26 މާރިޗު 2026 | ބުރާސްފަތި | 9:51

މި ސަރުކާރުން އަލަށް އިއުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ މިނިސްޓްރީ އިން ހާމަކުރައްވައިފިއެވެ.

އެ މިނިސްޓްރީން ހާމަކުރެއްވި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ޖުމުލަ 9,645 ފަރާތަކުން ވަނީ ބޯހިޔާވަހިކަމުގެ އެކި ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކެވެ. އެގޮތުން 5,993 މީހަކު ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި 3,234 މީހަކު ވަނީ ކުރިމަތިލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް އެކަނިވެސް 9,227 ފޯމު ލިބިފައިވެއެވެ. މީގެ އިތުރުން، ދެމަފިރިންގެ ތެރެއިން އެކަކުގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭ ގޮތަށް ފަރުމާކޮށްފައިވާ "ގޯތި ގެދޮރު" ޕްރޮގްރާމަށް 418 ފޯމު ވަނީ ހުށަހަޅާފައެވެ.

މައުޟޫޢުތަށް