ފެންނަނުފެންނަ ވޯޓާ ގުޅޭ ރިޔާސީ ގަރާރު ބާތިލްކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައިނުގަތް

ދަޕްރެސް

26 މާރިޗު 2026 | ބުރާސްފަތި | 11:04

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގުމަށް ހަމަޖެހިފައިވާ ފެންނަނުފެންނަ ވޯޓާ ގުޅޭ ރިޔާސީ ގަރާރު ބާތިލްކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ނެރުއްވި މި ގަރާރަކީ ބާތިލް ގަރާރެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެމްޑީޕީން އެދުނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި ލާޒިމްކުރާ ފަދަ މައުލޫމާތު ކަރުދާހެއް އެ ގަރާރާއެކު ހިމަނާފައި ނުވާތީއެވެ. އެ ޕާޓީން ބުނާ ގޮތުގައި ގާނޫނީ މި އިޖުރާއަތް ފުރިހަމަނުކޮށް ވޯޓު ނެގުމަކީ ގާނޫނާ ހިލާފު ކަމެކެވެ.

ނަމަވެސް، ސިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ. ސިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައި ބަޔާންކޮށްފައިވަނީ، ޖުޑީޝަލް ރިވިއުގެ މައްސަލައެއް ކޯޓަށް ހުށަހެޅޭނީ އެކަމެއް ހައްލުކުރުމަށްޓަކައި އިދާރީ މަރުހަލާގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށް ފަހު ކަމަށެވެ.

މައުޟޫޢުތަށް