ކުޅުދުއްފުށި އިންޖީނުގޭ އާ އިމާރާތުގެ ކޮންކްރިޓް ތަޅާުލުމާ ގުޅިގެން 1.5 މިލިއަން ވަނީ އިސްރާފުވެފައި: އޮޑިޓް
ދަޕްރެސް
26 މާރިޗު 2026 | ބުރާސްފަތި | 3:01
ހދ. ކުޅުދުއްފުށި ސިޓީ އިންޖީނުގޭގެ އާ ޕްރީފެބްރިކޭޓެޑް އިމާރާތުގެ ކޮންކްރީޓު ތަޅާލުމާ ގުޅިގެން މި މަސައްކަތަށް ހަރަދުކޮށްފައިވާ 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ އިސްރާފުވެފައި ވާކަން ހާމަވެއްޖެއެވެ.
ކުޅުދުއްފުށި ސިޓީގައި ހިންގާ ފެނަކަ ބްރާންޗާއި ޕްރޮޖެކްޓުތަކުގެ 2021-2023 ގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުގައި، ކުޅުދުއްފުށި ސިޓީ އިންޖީނުގޭގެ އާ ޕްރީފެބްރިކޭޓެޑް އިމާރާތް ކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމަށްފަހު މަޝްރޫއުގެ ވޭރިއޭޝަންގެ ގޮތުގައި އިތުރުކުރުމަށް ފެނަކައިން ހުށަހެޅި އަގަށް މަސައްކަތްކުރުމަށް ކޮންޓްރެކްޓަރު އެއްބަސްވެފައެއް ނުވެއެވެ.
އެހެންކަމުން އެފަރާތާއެކީ ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާކަމަށާއި، އަދި އިމާރާތުގެ ކޮންސެޕްޓަށް ބަދަލުގެނެސް އިން-ހައުސް އިމާރާތުގެ މަސައްކަތް ކުރުމަށް ނިންމާ ކޮންޓްރެކްޓަރު ކޮށްފައިވާ ކޮންކްރީޓު މަސައްކަތްތައް ތަޅާލުމާއި ގުޅިގެން މި މަސައްކަތަށް ހަރަދުކޮށްފައިވާ 1،575،576 ރުފިޔާ އިސްރާފުވެފައިވާކަމަށް އޮޑިޓުގައި ބަޔާންކޮށްފައިވެއެވެ.