ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ދަޕްރެސް
26 މާރިޗު 2026 | ބުރާސްފަތި | 3:50
ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ތިނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓާ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރުގެ އިތުރުން، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓާ މުހައްމަދު ޖަމްޝީދާއި، ތިނަދޫ ސިޓީ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ތިނަދޫ ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.