ދޮންބަންޑާރައިންގެ ނަދުރުފުޅު
ތިލަދުން
6 ޑިސެމްބަރު 2025 | ހޮނިހިރު | 11:19
ދޮންބަންޑާރައިން ނުވަތަ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން އިސްވެ ހުންވައި ހޮޅިން (މަލަބާރީން)ގެ އަތް ދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ރޭ ވަނީ ނަދުރުފުޅެއް ވިދާޅުވެފައެވެ. މި ނަދުރުފުޅު ލިޔެފައި އޮތީ މެދު ޒިޔާރަތުގައި އޮތް ހައިވަކަރު ފިލާގަނޑެއްގައެވެ.
ދޮންބަންޑާރައިންގެ ނަދުރުފުޅު އޮތް ފިލާ ފާހަގަ ކުރެއްވުނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު އިބްނު އައްސުލްޠާން އިބްެރާހީމް ނޫރައްދީން އިސްކަންދަރު ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނަށް ރަސްކަމަށް ކޮލިލެއްވި ދުވަހު މެދު ޒިޔާރަތަށް ޒިޔާރަތް ކުރައްވައި އެ ޒިޔާރަތުގެ އެތެރެއަށް ވެދެވަޑައިގެން ޞަލަވާތް ފާޠިޙާ ވިދާޅުވެފައި އެތަނުގެ އެތެރެ ބައްލަވާލެވި ހިނދުގައެވެ. އެ ފިލާފައި ލިޔެފައި އޮތީ މިހެންނެވެ.