ސާދަ ކޮންޓެއިނަރުގެ މަސްދަޅު ކޭސް ލަންކާއާ ރަސްމީކޮށް ޙަވާލުކޮށްފި

ތިލަދުން

6 ޑިސެމްބަރު 2025 | ހޮނިހިރު | 11:17



ދިވެހިރާއްޖެއިން ލަންކާއަށް ހަދިޔާކުރި 25،000 މަސްދަޅު ކޭސް، މިއަދު ރަސްމީކޮށް ސްރީލަންކާ ސަރުކާރާ ޙަވާލުކޮށްފިއެވެ.

މި އެހީ އަކީ ދިތުވާ ތޫފާނާ ގުޅިގެން ލަންކާއަށް ކުރިމަތިވި ކާރިސާގައި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުންނެވެ. މި މަސްދަޅުތައް ލަންކާއަށް ފޮނުވާފައިވަނީ ރާއްޖޭގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގަލެނާ ކާގޯ ބޯޓުގައި 14 ކޮންޓެއިނަރުގައެވެ. މި ބޯޓު ލަންކާގައި ބަނދަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މައުޟޫޢުތަށް