ސަރުކާރުގެ ރޯދަ ހަދިޔާ ބަހަން ފަށައިފި، މަސްދަޅު ކޭސް ނަގަން ވަރަށް ފަސޭހަ
ވޮއިސް
25 ޖެނުއަރީ 2026 | އާދިއްތަ | 5:28
ރޯދަ ހަދިޔާ ދޫކުރަން ދޫކުރުން -- ފޮޓޯ: ވޮއިސް
ރަމަޟާންމަހު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅުކޭސް ދޫކުރަން ފަށައިފި އެވެ.
ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ހަދިޔާކުރުމުގެ މަސައްކަތް ސަރުކާރުން މިރޭ ވަނީ ފަށާފައެވެ. މިރޭގެ 20:00 ޖެހުމާ ހަމަޔަށް ފަސްހާހާ ގާތްކުރާ ގޭބިސީން މަސްދަޅު ހޯދުމަށް ނަމްބަރު ނަގާފައިވާއިރު، މަސްދަޅު ކޭސް ދަނީ ދޫކުރަމުންނެވެ.