ބޫޓާނާ ރާއްޖެ ކުޅޫނު އެއްވަރުވި މެޗްގެ ފައިދާ ލިބުނީ ނޭޕާލަށް

ވޮއިސް

26 މާރިޗު 2026 | ބުރާސްފަތި | 5:08

ރާއްޖެއާ ބޫޓާން ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސާފް

މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ދިވެހިރާއްޖެ އާއި ބޫޓާން ބައްދަލުކުރިމެޗް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމިއްޖެއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިމެޗްގައި ބޫޓާން ތީމް ފެނުނީ ބޮޑަށް ފަހަތަށް އިސްކަންދީގެން ކުޅުނު ތަނެވެ. މެޗްގެ ފުރަތަމަ ހާފްގައި ބޫޓާނުން ޑިފެންސިވް ގޭމެއް ކުޅުނު ނަމަވެސް ރާއްޖެއިން ވަނީ ބޫޓާނުގެ ގޯލަށް ނުރައްކާކޮށްފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، އީލާން ފޮނުވާލި ހަމަލާއެވެ. އީލާން ފޮނުވާލި އެ ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

މައުޟޫޢުތަށް